ކުރީގެ މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރާތީ ސޯލިހުގެ އިލްތިމާސެއް؛ ސިޔާސީ ތަހުގީގުތަކާއި ހުކުމްތަކުން ދުރުވޭ

އަދަދު

10 އޮކްޓޯބަރު 2025 | ހުކުރު | 10:32

ކުރީ ސަރުކާރުގެ ތިން މިނިސްޓަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ، ބޭއިންސާފުން ހިންގާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން ގައުމު ކިލަނބުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

އޭސީސީން ހިންގާ ތަހުގީގަށް ހާޒިރުވާން ޗިޓު ލިބިފައިވާ ކުރީގެ މިނިސްޓަރުންނަކީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

މިކަމާ ގުޅިގެން ސޯލިހުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓުގެ ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ކުރާ ކަމެއްކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މައުޟޫޢުތަށް