އޮޅުހިޔާގައި ތިބި ބުޅަލުގެ 37 ޕަސެންޓު މަހެއް ތެރޭ މަރުވެއްޖެ
އަދަދު
10 އޮކްޓޯބަރު 2025 | ހުކުރު | 2:08
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާގައި ބަލަހައްޓަން ގެންދިޔަ ބުޅަލުގެ ތެރެއިން 37 ޕަސެންޓު ބުޅާ މަރުވެފައިވާކަން ހާމަވެއްޖެ އެވެ.
އޮޅުހިޔާ ހިންގުން ހަވާލުކޮށްފައިވަނީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން (އެފްޑަބްލިއުއޯ) ޖަމިއްޔާއާ އެވެ. އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އެ މަސައްކަތް އެ ޖަމިއްޔާއާ ހަވާލުކުރީ ސެޕްޓެމްބަރު 15، ގަ އެވެ.
އޮޅުހިޔާގެ ހާލަތު ވަޒަން ކުރުމަށް ފަސް ޖަމިއްޔާއަކުން އެ ތަނަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް، ކެއާ ފޯ ޕޯސް، ވެލްފެއާ ފޯ އައިލެންޑް ކެޓްސް އަދި ނައިން ލައިވްސް ރާއްޖެ އިންނެވެ. އެ ޒިޔާރަތަށް ފަހު ފަސް ޖަމިއްޔާއިން އެންޑޯޒްކޮށް ނެރުނު ރިޕޯޓުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ.