ހަނިމާދޫ އެއާޕޯޓަށް ގެންގޮސްފައި ހުރި ވެހިކަލްތަކެއް އެ ރަށު ކައުންސިލަށް ވެސް ނާންގާ ގެނައުމުން ކަންބޮޑުވުން
އަދަދު
10 އޮކްޓޯބަރު 2025 | ހުކުރު | 3:55
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުން ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ބައެއް ވެހިކަލްތައް އެ ރަށު ކައުންސިލަށް ވެސް އެންގުމެއް ނެތި މާލެ ގެނެސްފި އެވެ.
ހަނިމާދޫގައި ހުރި ބައެއް ވެހިކަލްތައް މާލެ ގެނައީ އިއްޔެ އެވެ. އެ ވެހިކަލްތައް މާލެ ގެނައުމަށްޓަކައި ހަނިމާދޫ ބަނދަރަށް ނެރެފައި ހުއްޓައި އެ ރަށު ރައްޔިތުންނާއި ރަށު ކައުންސިލްގެ މެންބަރުން ވަނީ އެ ސަރަހައްދަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަނިމާދޫ ކައުންސިލް މެންބަރު، އަލީ އަދަދު އަށް ވިދާޅުވީ މި ވެރިކަން ފެށުނުފަހުން އެ ރަށު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދާގޮތުގެ މައުލޫމާތު ކައުންސިލަށް ނުލިބޭ ކަމަށެވެ.