މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފި
އަދަދު
10 އޮކްޓޯބަރު 2025 | ހުކުރު | 9:37
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މި ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ތިރީގައި ފާހަގަ ކުރެވިފައިވާ ސަރަހައްދުތަކުން [މާފަންނާއި ހެންވޭރުން] ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް،" ސްޓެލްކޯގެ އިއުލާނުގައި ބުންޏެވެ.