އައްޑޫ ކައުންސިލްތައް ވަކި ކުރާނީތޯ ބަލަން ނަގާ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި
އަދަދު
11 އޮކްޓޯބަރު 2025 | ހޮނިހިރު | 1:16
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރާނީތޯ ބަލަން ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ވޯޓާސް ލިސްޓަށް ޝަކުވާއެއް ހުށަހަޅަން އޮތް ނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރު ފަހު 3:00 އެވެ.
ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ އެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.