އައްޑޫގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމާ ދެކޮޅަށް ވޯޓު ދޭން އަޒާން ގޮވާލައްވައިފި

އަދަދު

11 އޮކްޓޯބަރު 2025 | ހޮނިހިރު | 7:35

މި މަހު 25 ގައި އައްޑޫ ސިޓީގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމަށް ފެންނަ ކަމަށް ވިދާޅުވެ، ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ދެކޮޅަށް ވޯޓު ދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ރައްޔިތުންނަށް ގޮވާލައިފި އެވެ.

އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ކަމަށް ބުނެ މިފަދަ ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ.

މިކަމާ ގުޅިގެން މިރޭ އެކްސްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީންނަށް އޮތް އެންމެ ބޮޑު ބާރަކީ އަދި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ މާލެ ފިޔަވައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް އައްޑޫ ވުން ކަމަށެވެ. އަދި، މިކަން ދެމެހެއްޓުމަށް އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮތުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް