ޝިމަންގެ ފޮޓޯ ލީކުކޮށްލި މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
އަދަދު
12 އޮކްޓޯބަރު 2025 | އާދިއްތަ | 10:04
ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި، އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. ކާކުކަން ނޭނގޭ ގޮތަށް އެކްސް އެކައުންޓެއް ހަދައި އެ ފޯނުގައި ހުރި ޝިމަންގެ ފޮޓޯއެއް ލީކު ކޮށްލީ ފޯނު އަތުލިތާ 24 ގަޑިއިރު ނުވަނީހެވެ.
ޝިމަންގެ ގާނޫނީ ވަކީލުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ޝިމަންގެ ފަރާތުން އެންއައިސީ އަށް މި މައްސަލަ ހުށަހެޅީ ހުކުރު ދުވަހެވެ. އަދި، މަޖިލީހަށް މިހާރު މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.