މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި 10 އެވޯޑެއް ދީފި
އަދަދު
12 އޮކްޓޯބަރު 2025 | އާދިއްތަ | 11:34
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަށް ބާއްވާ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ އަށް ފެސިލިޓީއަކަށް 10 އެވޯޑު ދީފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ރަސްމިއްޔާތުގައި ބޭއްވި ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރިން ކުރެއްވި އަލްމަރުހޫމް ހަސަން ސާބިރާއި ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަލްމަރުހޫމް މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެ އެވެ.
މި އަހަރު ބޭއްވި އެވޯޑަށް 43 ފެސިލިޓީއަކުން 84 އެޕްލިކޭޝަން ލިބުނެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.