ދުނިޔޭގެ ތަރައްގީއަށް ވުރެ މުހިންމީ އާހިރަތަށް ތައްޔާރުވުން: މުއިއްޒު
އަދަދު
12 އޮކްޓޯބަރު 2025 | އާދިއްތަ | 11:52
ދުނިޔޭގެ ތަރައްގީއަށްވުރެ މުހިންމީ އާހިރަތަށް ތައްޔާރުވުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްގީއަށް ވުރެ ބޮޑަށް ދެން ދާން އޮތް ދުނިޔެއަށް ތައްޔާރުވުން މުހިންމު ކަމަށެވެ.
"މި އަޅުގަނޑުމެން އެންމެ އިސްކަމެއް މި ދޭން ޖެހެނީ މިދެންނެވި އިމާރާތްތަކާއި އަތުން މި ހިފޭ ތަރައްގީއަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ދެން ދާން އޮތް ދުނިޔެއަށް ތައްޔާރު ވުމަށް. އަޅުގަނޑުމެންނަށް އެބައޮތް ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައި. އެ ނިއުމަތް. އެއަށްވުރެ ބޮޑު ނިއުމަތެއް ނެތޭ،" މުއިއްޒު ވިދާޅުވި އެވެ.