މާރާމާރީގެ ދެ މައްސަލައެއްގައި މާލެއިން ހަ މީހަކު ހައްޔަރުކޮށްފި
އަދަދު
12 އޮކްޓޯބަރު 2025 | އާދިއްތަ | 12:47
މާރާމާރީގެ ދެ މައްސަލައެއްގައި މާލެއިން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރު ކުރީ އޮކްޓޯބަރު 4، އަދި އޮކްޓޯބަރު 7، ގައި ހިންގި މާރާމާރީއެއްގެ މައްސަލައިގަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުކޮށްފަ އެވެ.
އޮކްޓޯބަރު 4، ގެ ރޭގަނޑު 20:30 ހާއިރު މއ. ރީނދޫމާގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއް މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމާލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.