އެމްޑީޕީގެ ޕީޖީން އެޗްއާރްސީއެމާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި

އަދަދު

12 އޮކްޓޯބަރު 2025 | އާދިއްތަ | 3:43

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމަންޓްރީ ގްރޫޕުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީން އެޗްއާރްސީއެމާ ބައްދަލުކޮށް މައިގަނޑު ގޮތެއްގައި ކަންބޮޑުވުންތައް ހިއްސާކުރީ އޮކްޓޯބަރު 3، ގެ މުޒާހަރާއިން ހައްޔަރުކުރި މާފުށި ކައުންސިލްގެ ރައީސް، ހަސަން ސޮލާހުއަށް ފަރުވާ ނުދީ ލަސްކުރި މައްސަލައިގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަދަދު އަށް ވިދާޅުވީ ސަލާހުއަށް ފަރުވާދިން މައްސަލަ ކުރިއަށްދާ ގޮތް އެޗްއާރްސީއެމް އިން އޮޅުންފިލުވި ކަމަށާއި އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޓީމުން ޖަލަށް ގޮސް އޭނާއާ ބައްދަލުވެސް ކުރި ކަމަށެވެ.

މައުޟޫޢުތަށް