ގާނޫނު ބަދަލުކޮށްގެން ނަމަވެސް ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފުލެޓުތައް ކުއްޔަށް ނުދެވޭ ގޮތް ހަދާނަން: މުއްތަލިބު

އަދަދު

12 އޮކްޓޯބަރު 2025 | އާދިއްތަ | 4:25

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފުލެޓުތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނު ބަދަލުކޮށްގެން ނަމަވެސް ހައްލެއް ހޯދާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ ސޯޝަލް ހައުސިން ސްކީމުތައް ހިންގާ އެޗްޑީސީ އަދި އެފްޑީސީ އާއި ގުޅިގެން ފުލެޓުތައް ކުއްޔަށް ދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، އެ ތަންތަނަކީ 20،000ރ. އަށް 25،000ރ. އަށް ކުއްޔަން ދޭން ދޫކުރާ ތަންތަން ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހިޔާ ފުލެޓުގަ އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބާ ކުއާޓާޒް ހަދާފަ ހުންނަ ކަމަށް. މިއީ ރައްޔިތުން. ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަނޭ،" މުއްތަލިބު ވިދާޅުވި އެވެ.

މައުޟޫޢުތަށް