އެމްޑީޕީގެ ބައެއް ވަޒީރުން އޭސީސީއަށް ހާޒިރުކޮށް ބިރުދެއްކުމަކީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެއް: ފައިސަލް ނަސީމް

އަދަދު

12 އޮކްޓޯބަރު 2025 | އާދިއްތަ | 6:37

އެމްޑީޕީގެ ވެރިކަމުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާ ސުވާލު ކުރުމަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގަނީ ސިޔާސީ ގޮތުން ބިރުދައްކަން ކަމަށާއި އިދިކޮޅު ޕާޓީއަށް ބިރުދައްކަން މަސައްކަތް ކުރުމަކީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވަޒީރުންތަކެއް އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ނަމުގައި ހިންގާ ކަންކަމަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަންތައްގަނޑެއް ކަމަށެވެ. އަދި އެފަދަ ކަންތައްތައް ކުރުމުން ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އާންމުންގެ އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ދަނޑިވަޅަކީ އެތައް ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ވަގުތަކަށްވާއިރު، އިދިކޮޅު ޕާޓީގެ ބޭފުޅުންނަށް މިގޮތަށް ބިރުދެއްކުމަކީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެއް،" ފައިސަލް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް