ހުލާސާކޮށް އިއްޔެ: އޭޖީ އޮފީހުން ހިސާބުކިތާބު ނުބަލަހައްޓާ

އަދަދު

13 އޮކްޓޯބަރު 2025 | ހޯމަ | 6:10

އެޓާނީ ޖެނެރަލް އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި އަގު ބޮޑު ޖަލްސާއަށް ހިނގި ހަރަދު ހޯދަން ހުށަހެޅުމުން، އެއީ އެ އޮފީހުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ބުނެ އެ މައުލޫމާތު ދޭން އެ އޮފީހުން ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު، އަަހުމަދު މައުރޫފް އޭޖީ އޮފީހަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެ އޮފީހުން މިހެން ބުނިއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ކޮންމެ ގޮތަކަށް މުދަލެއް ނޫނީ ހިދުމަތެއް ހޯދިޔަސް، އެ ކަމަށް ހިނގި ނުވަތަ ހިނގާނެ ހަރަދު ރެކޯޑު ކުރެވެން ޖެހޭނެ އެވެ.

އޭޖީ އޮފީހަކީ ވެސް ވަކި ބަޖެޓެއް އޮންނަ، އެ ބަޖެޓުގެ ތެރެއިން ކަނޑައެޅިފައި ހުންނަ ބަޖެޓު ކޯޑުތަކުގެ ތެރެއިން ހަރަދުކުރަން ޖެހޭ ދައުލަތުގެ ވުޒާރާއެކެވެ. މިހެންކަމުން މި ރެކޯޑުތައް ނުބަލަހައްޓާ ކަމަށް ބުނަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭނގުނެވެ.

މައުޟޫޢުތަށް