މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް 10 މީހުން ކުރިމަތިލައިފި

އަދަދު

13 އޮކްޓޯބަރު 2025 | ހޯމަ | 9:53

މިނިވަން މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނުގެ ދަށުން އުފެއްދި ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް 10 މީހުން ކުރިމަތިލައިފި އެވެ.

މަޖިލީހުން ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެ މެންދުރަށެވެ. އެ ފުރުސަތުގައި ކުރިމަތިލި 10 މީހުންގެ ނަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެތެރެއިން އިބްރާހިމް އަކީ އުވާލި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އެވެ. އަދި، ރިލްވާން، ސަރާހަތު އަދި ސަފާ އަކީ އުވާލި ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނެވެ.

މައުޟޫޢުތަށް