ލެބޯޓްރީ މަޝްރޫއު ނިންމާނެ ކަމަށް ބުނި ތާރީހު ފަހަނައަޅައި ދިޔަތާ އަހަރެއް ފަހުން އިތުރު ތާރީހެއް
އަދަދު
13 އޮކްޓޯބަރު 2025 | ހޯމަ | 1:58
ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައި އޮއްވައި، އަންނަ އަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުގައި ނޫމަރާއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ހެލްތު މިނިސްޓްރީން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ޓެސްޓު ހެދޭނެ އިންތިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމެންވާއިރަށް ގާއިމުކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރުގައި ނުހުންނާނެ ރާއްޖޭގެ އެެންމެ ރަށެއް ވެސް އެ ރަށުގެ ނިސްބަތުން އެ ރަށުގައި ހެދޭނެ ޓެސްޓުތައް ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑާޑެއް އޮންނާނެ. އެ ޓެސްޓުތައް ހެދޭނެ ގޮތް ގާއިމުނުކުރާ ރަށެއް ނުހުންނާނެ. އެ ޔަގީންކަން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން،" މުއިއްޒު ވިދާޅުވި އެވެ.