ޑިވެލޮޕްމެންޓު ބޭންކުގެ ހިދުމަތް ދޭން ފެށޭނެ ސީދާ ތާރީހެއް ސައީދަށް ބުނެ ނެދުވުނު!

އަދަދު

14 އޮކްޓޯބަރު 2025 | އަންގާރަ | 9:53

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުޅުވައިދެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުން ހިދުމަތް ދިނުމަށް ޝަރުތު ކުރި މުއްދަތު ހަމަވި ނަމަވެސް، އެ ބޭންކުން ހިދުމަތް ދޭން ފެށޭނެ ސީދާ ތާރީހެއް ދެއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެކޮޅު ހައްދަވައިފި އެވެ.

މަޖިލީހަށް މިއަދު ހާޒިރުކޮށް ޑީބީއެމް އިން ހިދުމަތް ދޭން ފެށޭނެ ތާރީހެއް ވިދާޅުވުމުން ސައީދު ވިދާޅުވީ އެ ބޭންކަކީ ކޮންމެ ރައްޔިތަކު އެކައުންޓު ހުޅުވައިގެން ބޭނުންކުރާ ބޭންކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖޭގެ ތަރައްގީއަށް ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި ބޭންކެއް ކަމަށެވެ. މި ހުރިހާ ވާހަކައަކަށްފަހު ވެސް ބޭންކުން ހިދުމަތް ދެވޭނެ ތާރީހެއް ނުބުނެ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންދާޒާކުރި ގޮތާ އެއްގޮތަށް ކުރިއަށް އެބަދޭ. ވަރަށް ބާރު ސްޕީޑުގަ ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް