ކޮމިޓީން ނިންމީ އޮޑިޓު އޮފީހުން އެދުނު 134 މިލިއަންގެ ބަޖެޓަށް އުނިއިތުރެއް ނުގެނެސް ދޭން

އަދަދު

14 އޮކްޓޯބަރު 2025 | އަންގާރަ | 11:08

އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީސް ހިންގުމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޭން އެދުނު ބަޖެޓަށް އުނިއިތުރެއް ނުގެނެސް ދޭން އެ ކޮމިޓީން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުން ފާސްކުރި އެ ބަޖެޓު ރިޕޯޓު މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިދެއްވީ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ. ކޮމިޓީން ފާސްކުރީ އޮޑިޓު އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އޮޑިޓު އޮފީހަށް މިދިޔަ އަހަރު ދިނީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އޮޑިޓު އޮފީހަށް ދެވޭ އެންމެ ބޮޑު ބަޖެޓުކަން ފާހަގަކޮށް، ސަލީމް ވިދާޅުވީ އުނިއިތުރެއް ނުގެނެސް އޮޑިޓު އޮފީހުން އެދުނު ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމީ އެ އޮފީހުގެ ހިންގުން ރަނގަޅު ކުރުމަށާއި ސަރުކާރުގެ ތަންތަން ރަނގަޅަށް އޮޑިޓު ކުރުމަށް މި ސަރުކާރުން ބޭނުންވާތީ ކަމަށެވެ.

މައުޟޫޢުތަށް