ތާރީހުގައި އޮޑިޓު އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓު އަންނަ އަހަރަށް ދޭން މަޖިލީހުން ފާސްކޮށްފި
އަދަދު
14 އޮކްޓޯބަރު 2025 | އަންގާރަ | 11:53
ރާއްޖޭގެ ތާރީހުގައި އޮޑިޓާ ޖެނެރަލްގެ އޮފީސް ހިންގުމަށް ދެވޭ އެންމެ ބޮޑު ބަޖެޓު، އެ އޮފީހުން އެދުނު ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުން ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރީ އޮޑިޓު އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އޮޑިޓު އޮފީހަށް މިދިޔަ އަހަރު ދިނީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.