ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގައި ދިން 64 މިލިއަން ރުފިޔާ "ހުސްކޮށްލައިފި"!

އަދަދު

14 އޮކްޓޯބަރު 2025 | އަންގާރަ | 12:25

ފުލުހުންގެ ބޭނުންތަކަށް ދޫކުރި ތިން ރަށެއް އަނބުރާ ނެގުމުގެ ބަދަލުގެ ގޮތުން ދައުލަތުގެ ބަޖެޓުން ދޫކުރި 64 މިލިއަން ރުފިޔާ އެއްވެސް އުސޫލެއް ހަމައެއް ނެތި ބޭނުންކޮށް ހުސްކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މިއީ ވިސިލްބްލޯވަރަކު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެ ކޮމިޓީން ބެލި މައްސަލައެކެވެ. މި ފައިސާ ހަރަދުކުރިއިރު ފުލުހުންގެ އިސްވެރިންނަށް ތިބީ ކޮން ބައެއް ކަމެއް ކޮމިޓީގައި ހާމަކޮށްފައި ނުވެ އެވެ.

ފުލުހުންގެ އެކި ބޭނުންތަކަށް ސަރުކާރުތަކުން ތިން ރަށެއް ދޫކުރިކަން ދައުލަތުގެ ރެކޯޑުތަކުން އެނގެ އެވެ. އެއީ ކ. ފޭދުފިނޮޅާއި، ޅ. ދިއްފުށިމާދޫ އަދި ޅ. މާބިންހުރާ އެވެ. ނަމަވެސް، އެ ރަށްރަށް ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުގޭ ބޭނުމަށް ފަހުން ނަގާފައިވެ އެވެ.

މައުޟޫޢުތަށް