އައްޑޫ އާންމު ވޯޓުގައި ފޮށިތައް ބަހައްޓާ ތަންތަން އާންމުކޮށްފި

އަދަދު

14 އޮކްޓޯބަރު 2025 | އަންގާރަ | 1:14

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ފޮށިތައް ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

މި މަހު 25 ގައި އޮންނަ ވޯޓު އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ.

މައުޟޫޢުތަށް