އެކަށީގެންވާ ވަގުތާއި މައުލޫމާތު ފޯރުކޮށްނުދީ އައްޑޫ ބައިބައިކުރާ ވޯޓު ނަގާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

އަދަދު

14 އޮކްޓޯބަރު 2025 | އަންގާރަ | 8:06

ފުރިހަމަ މައުލޫމާތާއި އެކަށީގެންވާ ވަގުތު ނުދީ އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވޯޓަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތައް ނުފުއްދި ސަރުކާރަށް ތާއީދު ގެއްލޭތީ ރައްޔިތުންގެ ސަމާލުކަން އަނބުރާލަން ރޭވިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި، މި ވޯޓު ނެގުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު އެ ޕާޓީގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އެގޮތުން އައްޑޫ ވޯޓު ނެގުމަށް ކަނޑައަޅާފައިވާ މުއްދަތަކީ މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

މައުޟޫޢުތަށް