އުރީދޫއިން ޕޭޕަލް ތައާރަފު ކުރުން: މުއިއްޒު ވިދާޅުވަނީ ސަރުކާރުން ވެސް މަސައްކަތް ކުރި ކަމަށް

އަދަދު

14 އޮކްޓޯބަރު 2025 | އަންގާރަ | 10:17

އުރީދޫގެ އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް އަންނަ އަހަރު ތައާރަފު ކުރަން މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން އިއުލާނުކުރުމުން، އެކަމުގައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް އެއްބަސްވުމަކަށް އައުމަށް އެންމެ ފަހުގެ މަޝްވަރާތައް ކުރަމުންދާކަން އޫރިދޫ މޯލްޑިވްސް އިން އިއުލާނުކުރީ މިރޭ އެވެ. ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަކީ އެންމެ މުހިންމު އެއް ރިޔާސީ ވައުދު ކަމަށެވެ.

"ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މި ދިޔައީ. އެއްކަލަހެން ބިހައިންޑް ކްލޯސް ޑޯގަ ވަރަށް ގިނަ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ އެކި ފަރާތްތަކާ ގުޅިގެން ކުރަމުން. މިއަދު އެ ވަނީ ރާއްޖެއަށް ޕޭޕަލް ހިދުމަތް ގެނައުމަށް ޕޭޕަލްގެ ފަރާތުން ގަތަރުގެ އުރީދޫ ފިންޓެކް މި ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް މަސައްކަތް ކުރާނެކަން އިއުލާނުކޮށްފަ،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް