މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު މުރާޖައުކޮށްދެވެން ނެތް ކަމަށް ކޯޓުން ބުނެފި
އަދަދު
14 އޮކްޓޯބަރު 2025 | އަންގާރަ | 10:33
އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައި ތިބި ހަ މީހުންގެ ބަންދުގެ މުއްދަތު މުރާޖައުކޮށްދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެ މީހުންގެ ބަންދު މުރާޖައާކުރަން ހުށަހެޅުމުން، ކޯޓުން އެކަން ނުކޮށްދިނީ "ހާލަތު ބަދަލުނުވާ" ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފު އަދަދު އާ ވާހަކަދައްކަވަމުން ވިދާޅުވީ، ހައްޔަރުކޮށްފައި ތިބި އެންމެން ވެސް ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.