ރަސްމާލޭގެ އިތުރުން ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުން ވެސް އެމްއޭސީއެލް އަށް
އަދަދު
14 އޮކްޓޯބަރު 2025 | އަންގާރަ | 11:13
މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.
ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ, ބިން ހިއްކުމުގެ މަސައްކަތް ކުުރުމަށް އެމްއޭސީއެލް އިން ޑްރެޖަރު ގެންގުޅެ އޮޕަރޭޓުކުރާ ދެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
"އެކަންކަން ކުރުމަށް އެ ފަރާތުން [އެމްއޭސީއެލް އިން] އެވަނީ މިދިޔަ ދެތިން މަހެއް ތެރޭގަ ވަރަށް ތަފުސީލު ގިނަ މަސައްކަތްތަކެއް ކޮށް އެގްރީމެންޓު ކުރެވިފަ. ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާ،" މުއިއްޒު ވިދާޅުވި އެވެ.