ބެސްޓިނެޓާއެކު މި ސަރުކާރުން ހެދި އެއްބަސްވުމުން ގެއްލުމެއް ނުވާނެ: އުޝާމް
އަދަދު
15 އޮކްޓޯބަރު 2025 | ބުދަ | 10:26
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން މި ސަރުކާރުން ހެދި އެއްބަސްވުމުން ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ބެސްޓިނެޓް އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، އުޝާމް ވިދާޅުވީއެ އެއްބަސްވުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު އެކަން ކުރިއަށް ގެންދަން ލަފާ ދިނުމުން އައު އެއްބަސްވުމުގެ އެކުލަވާލީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގާނޫނީ ލަފާ ދީފައިވާނެ. ގާނޫނީ ލަފާގައި އޮންނާނެ އެކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށްފަހު އެކަން ކުރިއަށް ގެންދިޔުމަށް،" އުޝާމް ވިދާޅުވި އެވެ.