ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށް ނެގުން: ކަސްޓަމްސްގެ ޒިވާރު ގޮތަށް ސަސްޕެންޑުކޮށްފި
އަދަދު
15 އޮކްޓޯބަރު 2025 | ބުދަ | 7:44
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރު ކުރި ޒިވާރު އިސްމާއިލް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސަސްޕެންޑުކޮށްފި އެވެ.
ކަސްޓަމްސް އިން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދުން ފެށިގެން ޒިވާރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައިގައި ތުހުމަތުކުރެވޭ މިސާވިސްގެ މުވައްޒަފެއްކަމުގައިވާ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް ވަނީ މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑުކުރެވިފަ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ،" ކަސްޓަމްސްގެ މެސެޖުގައި ބުންޏެވެ.