ޕީޖީން ރަޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ ބޮޑު ޑްރަގު މައްސަލައެއް ބޭރުކޮށްލައިފި

އަދަދު

15 އޮކްޓޯބަރު 2025 | ބުދަ | 9:25

ހައި ކޯޓަށް ދައްކަން ޖެހޭ ރަޖިސްޓްރޭޝަން ފީ ދައްކަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ފައިސާ ނުދައްކައިގެން، 72 ކިލޯގެ ޑްރަގު މައްސަލައެއްގެ އިސްތިއުނާފު ރަޖިސްޓްރީ ނުކޮށް އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

މި 72 ކިލޯގެ ޑްރަގަކީ "މަސްޖަރީ 2" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް ފަހު، "ޕްރިންސަސް ސަމީރާ" ލޯންޗުގައި މާލެ ގެނެސް ކާރެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ޑްރަގްސްތަކެކެވެ. މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރި އެވެ.

ނަމަވެސް، އެކި މައްސަލަތަކާ ހުރެ، ދައުވާކުރީ މި ކަމުގައި އިސްކޮށް ހަރަކާތްތެރިވީ ކަމަށް ބުނާ، އިރުފާން ތަގިއްޔު (ސ. ހުޅުދޫ، ދޭލިޔާގެ) ގެ އިތުރުން އަހްމަދު ނަސީރު (އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ) އާއި މުހައްމަދު އަކްރަމް (ހ. ގާޑްންބިޔުޓީ) ގެ މައްޗަށެވެ. މިއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

މައުޟޫޢުތަށް