އެމެރިކާގެ ބްލެކްލިސްޓުގައި އޮތް އަސްކަރީ ކާގޯ އުފުލާ މަތިންދާ ބޯޓެއް އައްޑޫއަށް

އަދަދު

15 އޮކްޓޯބަރު 2025 | ބުދަ | 11:09

ރަޝިޔާއަށް ވަގަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި އެމެރިކާއިން ބްލެކްލިސްޓު ކޮށްފައިވާ އަސްކަރީ ކާގޯ އުފުލާ އެއާލައިނެއްގެ ބޯޓެއް އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ޖައްސައިފި އެވެ.

އެ އެއާޕޯޓަށް ޖައްސާފައިވަނީ ބެލަރުސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓެކެވެ. އެ ބޯޓު ރާއްޖެއަށް ދަތުރުކުރީ ޔޫއޭއީގެ ފުޖައިރާ ސިޓީގެ އެއާޕޯޓުން ފުރައިގެންނެވެ. ބޯޓު އައްޑޫއަށް ޖެއްސީ މިރޭ 9:40 ހާއިރު އެވެ.

އައްޑޫގައި ބޯޓު ޖެއްސުމުގެ ކުރިން ހުވަދޫ އަތޮޅާ ދިމާ ހަމައިން ފްލައިޓްގެ ޓްރާންސްޕޮންޑާ ނިއްވައިލި އެވެ.

މައުޟޫޢުތަށް