މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފަށް ރަސްމާލެއަށް ގޯތި ބަދަލުކުރާތީ ކަންބޮޑުވުން
އަދަދު
17 އޮކްޓޯބަރު 2025 | ހުކުރު | 6:09
ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ ހިލާފަށް ގިރާވަރުފަޅުން ގޯތި ލިބިފައިވާ ބައެއް މީހުންގެ ގޯތިތައް ފުށިދިއްގަރުފަޅު (ރަސްމާލެ) އަށް ބަދަލުކުރަން އުޅޭތީ މާލެ ރަށްވެހިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރުގެ ބައެއް ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މާލެ ރަށްވެހިންގެ ޖަމިއްޔާއިން މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ މުއްތަލިބުގެ ދެއްކެވި ވާހަކައަކީ ރިޔާސީ ވައުދާ ހިލާފަށް ދެއްކެވި ވާހަކައެއް ކަމަށާއި ގޯތި ލިބުނު ރަށް ނޫން ތަނަކަށް ގޯތިތައް ބަދަލު ކުރުމަކީ ބޭއިންސާފެއް ކަމަށެވެ.