ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި
އަދަދު
17 އޮކްޓޯބަރު 2025 | ހުކުރު | 1:46
ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން މިހާތަނަށް ނުފެންނަ ބިދޭސީ މީހާ ހޯދަން އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި އެވެ.
މިއަދު ހެދުނުން 6:00 ހާއިރު މާފަރު އެއާޕޯޓުން ނައްޓައިލި މި ޑްރޯން އެނބުރި މާފަރަށް ގޮސްފައިވަނީ މެންދުރު 1:00 ހާއިރު އެވެ. އެ ޑްރޯން ވަނީ ހުޅުމާލެ އާއި މާލެ އަތޮޅު އިރުމަތީ ބިތުގެ ރަށްރަށުގެ އިރުން ދެތިން ގަޑިއިރު ދުއްވައިފަ އެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. އެއީ ދިވެއްސަކާއި ބިދޭސީ އެކެވެ. އެ ދެ މީހުންގެ ހަށިގަނޑު ވެސް ހޯދީ ސިފައިންގެ ޑައިވިން ޓީމުންނެވެ. މިހާތަނަށް ނުފެންނަނީ ބިދޭސީ މީހެކެވެ.