ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ 20 ޑޮކްޓަރަކު ގްރެޖުއޭޓުވެއްޖެ

އަދަދު

17 އޮކްޓޯބަރު 2025 | ހުކުރު | 1:43

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އިން ޑޮކްޓަރަކުން ކިޔަވައިގެން ގްރެޖުއޭޓުވި 20 ޑޮކްޓަރަކު އައިޖީއެމްޗުގައި ހިދުމަތް ދޭން ފަށައިފި އެވެ.

ހިދުމަތަށް ނުކުތުމުގެ އެ ޑޮކްޓަރުން ވަނީ އައިޖީއެމްއެޗުގައި އިންޓާންޝިޕެއް ފުރިހަމަކޮށްފަ އެވެ. އިންޓާންޝިޕުގައި ޑޮކްޓަރުން ވަނީ ބަލި މީހުންނާއި އެމަޖެންސީ ކޭސްތަކަށް އެޓެންޑުވެފަ އެވެ.

ގައުމީ ޔުނިވާސިޓީ އިން ޑޮކްޓާ އޮފް މެޑިސިން ޕްރޮގްރާމު ފެށީ މީގެ ހަތް އަހަރު ކުރިން 2018 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވާސިޓީ ކެބަންގްސާންއާ ގުޅިގެން އެ ޔުނިވާސިޓީގެ ކަރިކިއުލަމަށެވެ.

މައުޟޫޢުތަށް