"އޮޅިގެން" ސިޔާސީ މަގާމެއް ދިން ޝިފާއު އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތް ކޮށްދޭން ދައުލަތުން އުޅެފި

އަދަދު

17 އޮކްޓޯބަރު 2025 | ހުކުރު | 4:57

ފޭކު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ސްލިޕެއް ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާ ކޮށްފައިވާ، މއ. ހަނީސަކްލް-1، ހުސައިން ޝިފާއުގެ މައްޗަށް އަތުވެދާނެ އުމުރު ދުވަހުގެ ޖަލު ހުކުމުން އޭނާ ސަލާމަތްކޮށްދޭން ދައުލަތުން މަސައްކަތް ކޮށްފި އެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ކުރީކޮޅު "އޮޅިގެން" މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ޝިފާއު އައްޔަންކުރި އެވެ. މީޑިއާތަކުން އެކަން ރިޕޯޓުކުރުމުން، އޭނާ ވަކިކުރީ ޝިފާއު އެ މަގާމަށް އައްޔަންކުރިއިރު އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ނުލިބޭ ކަމަށް ބުނެ އެވެ.

ޝިފާއުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ޖަލު ހުކުމް 88 ދުވަހަށް ބަދަލުކުރަން އޭނާ އާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިކަން އެނގުނީ އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ.

މައުޟޫޢުތަށް