ކުޅިވަރާ ގުޅޭ 11 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި
އަދަދު
17 އޮކްޓޯބަރު 2025 | ހުކުރު | 6:26
ތިން އަތޮޅެއްގެ 10 ރަށެއްގައި ކުޅިވަރާ ގުޅޭ 11 މަޝްރޫއުއެއް ހިންގަން ސަރުކާރުން، ދައުލަތުގެ ކުންފުނި އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
މި 11 މަޝްރޫއުގެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މުހައްމަދު ފައްޔާޒު، ހުސެއިން ނިހާދު އަދި އަސްލަމް ރަހާ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީ އާއި އެމްޓީސީސީގެ ވެރިންގެ އިތުރުން މަޝްރޫއުތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ.