އައްޑޫގައި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ނަގާ ވޯޓަށް ރީ-ރަޖިސްޓްރީކުރަން އިތުރު ފުރުސަތު ދީފި

އަދަދު

17 އޮކްޓޯބަރު 2025 | ހުކުރު | 9:11

އައްޑޫ ސިޓީ ކައުންސިލްގެ ބަދަލުގައި ވަކިވަކި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ އާންމު ހިޔާލު ހޯދުމުގެ ވޯޓުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންއިން މި ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ރީ-ރަޖިސްޓްރީ ވާން ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވީ އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށެވެ. ނަމަވެސް، އީސީއިން މިހާރު ވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މި މަހު 25، ގައި ނަގާ މި ވޯޓުގައި ފުރަތަމަ ހިމެނުނު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ އުނިކުރައްވައިފަ އެވެ. އެހެންކަމުން މި ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.

މައުޟޫޢުތަށް