ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށައިފި
އަދަދު
17 އޮކްޓޯބަރު 2025 | ހުކުރު | 9:47
އެމްޑީޕީ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ބޭނުންކުރަން ފަށައިފި އެވެ.
ހަނިމާދޫ އެއާޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި، އެމްއޭސީއެލް އިން ބުނީ ހަނިމާދޫގައި އަލަށް ތަރައްގީކުރި ޓާމިނަލުގެ ގްރައުންޑް ފްލޯ އޮޕަރޭޝަނަށް ގެނައީ އިއްޔެ ކަމަށެވެ. އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
ރަސްމީކޮށް ހުޅުވުމުގެ ކުރިން އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރީ، އަލަށް ހެދި ރަންވޭ އާއި ކައިރީގައި ނުވަތަ ރެސްޓްރިކްޓެޑް ޒޯނުގައި ހުރި އެއާޕޯޓުގެ ކުރީގެ އިމާރާތްތައް ތަޅާލަން ޖެހޭތީ ކަމަށް އެމްއޭސީއެލް ބުންޏެވެ.