ހުލާސާކޮށް އިއްޔެ: ޔާމީން ވިދާޅުވީ އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ ހުރުމުގެ ބޭނުމެއް ނެތް ކަމަށް

އަދަދު

18 އޮކްޓޯބަރު 2025 | ހޮނިހިރު | 6:20

ހިޔާނާތާއި ވައްކަން އިތުރުވުމާއި އެ ކުށްތަކުން ދައުލަތަށް ގެއްލިގެންދާ ފައިސާ ނުހޯދޭތީވެ އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަ ޖެނެރަލް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އޮޑިޓަ ޖެނެރަލް އަންނަ އަހަރަށް އެދިވަޑައިގެންނެވި ވަރަށް ބަޖެޓު ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ކަމަށާއި ނަމަވެސް ދައުލަތަށް ގެއްލިގެން ދިޔަ ފައިސާއެއް އޭނާއަށް ބައިތުލްމާލަށް އިތުރުކޮށް ދެވިފައި ނެތް ކަމަށެވެ.

"އޮޑިޓަ ޖެނެރަލްގެ މަސައްކަތުން ސަރުކާރަށް، ސަރުކާރުގެ އާމްދަނީ އަށް ބައިތުލްމާލަށް އެންމެ ލާރިއެއް ވެސް ވެއްދިއްޖެހެއްޔޭ، ނުވެއްދޭ. ދެން ކީއްކުރަންތޯ އޭނާއަށް 134 މިލިއަން ދޭންވީ. އެންމެ ލާރިއެއް ނުވެއްދުނު ދެއަހަރުތެރޭގައި. އެހެންވީމަ އެ އޮފިސް ބަންދުކުރީމަ މާރަނގަޅު. އޭރުން 134 މިލިއަން ރުފިޔާ ދައުލަތުގެ ފައިދާއަށް އޮންނާނެ،" ޔާމީން ވިދާޅުވި އެވެ.

މައުޟޫޢުތަށް