"ސްޓޭންޑެއް ނެތް" އެކަމަކު އިހުސާން އައްޑޫގައި ކެމްޕެއިނުކުރަނީ

އަދަދު

18 އޮކްޓޯބަރު 2025 | ހޮނިހިރު | 11:37

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް، ވަކިވުމާ އެއްކޮޅަށް ވޯޓު ހޯދަން ހޯމް މިނިސްޓަރު އަލީ އިހުސާން އައްޑޫގައި ކެމްޕެއިނު ކުރައްވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އިހުސާން ނިސްބަތްވާ ސ. ފޭދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އިއްޔެއިން ފެށިގެން ބައްދަލުކުރައްވައި، މި މަހު 25 ގައި އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ބާއްވާ ވޯޓަށް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ކެބިނެޓުގައި އިންނަވާ ވަޒީރަކު ވަކިވުމުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވާއިރު، މި ވޯޓު އިއުލާން ކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާޏެ ކަމަށެވެ.

މައުޟޫޢުތަށް