ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ

އަދަދު

19 އޮކްޓޯބަރު 2025 | އާދިއްތަ | 10:19

ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ރޭގެ ވަގުތެއްގައި ކ. އާއިލާފުށްޓާއި ވިލާ ނޯޓިކާ ރިސޯޓާއި ދެމެދުން އޮޔާދަނިކޮށް ކަމަށެވެ. އެއީ ބިދޭސީ މީހެކެވެ.

"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުން ވެސް ފެނުނީ މަރުވެފައި އޮއްވަ އެވެ. އެއީ ދިވެއްސަކާއި ބިދޭސީ ދެ މީހުންނެވެ. ފުރަތަމަ ދެ މީހުންގެ ހަށިގަނޑު ވެސް ހޯދީ ސިފައިންގެ ޑައިވިން ޓީމުންނެވެ.

މައުޟޫޢުތަށް