ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ ލައްވައި ފައިސާ ޗާޕު ކުރަނީ ގާނޫނާ ހިލާފަށް، އަންނަ އަހަރު ވެސް ކުރާނެ: އަމީރު

އަދަދު

19 އޮކްޓޯބަރު 2025 | އާދިއްތަ | 9:21

ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކު ލައްވައި ފައިސާ ޗާޕުކުރަން ސަރުކާރުން ކުރަމުންދާ ކަންކަމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އަންނަ އަހަރު ވެސް ސަރުކާރަށް ފައިސާ ބޭނުންވުމުން، ޕެންޝަން އޮފީސް މެދުވެރިކޮށް އަންނަ އަހަރު ވެސް ސަރުކާރުން ފައިސާ ހޯދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ބުނީ މި މުއާމަލާތް ކުރިއަށް ގެންދަނީ އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ، ޕެންޝަން ފަންޑަށް އިންވެސްޓުކުރުމުން، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަމީރު ވިދާޅުވީ ފައިސާ ޗާޕު ނުކޮށް 2.5 ބިލިއަން ރުފިޔާގެ ޓީބިލް ގަންނާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެއީ އެމްއެމްއޭގެ ޖެނެރަލް ރިޒާވުގައި އެވަރުގެ ކެޕޭސިޓީއެއް ނުހުންނާނެ ކަމަށާއި މިއީ އެމްއެމްއޭގެ މައިގަނޑު މަސްއޫލިއްޔަތުތަކާ ހިލާފު ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް