ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކޮންސުލޭޓުގެ މަގާމުން ފިރާގު ވަކިކުރަން ދިވެހި ސަރުކާރުން އެދެފި
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 9:29
ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނޮރަރީ ކޮންސުލޭޓުގެ މަގާމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަކިކުރަން ދިވެހި ސަރުކާރުގެ ފަރާތުން ސީޝަލްސްގައި އެދެފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރާގު އެ މަގާމުން ވަކިކުރަން އެދި ސީޝަލްސްގެ ސަރުކާރުގައި އެދިފައި ވަނީ ފޮރިން މިނިސްޓްރީންނެވެ. އެކަމާ ގުޅޭގޮތުން ސީޝެލްސް އިން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެ މަގާމަށް ފިރާގު އައްޔަންކުރިތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
މިކަމާ ގުޅިގެން ފިރާގު އިއްޔެ އެކްސްގައި ޕޯސްޓެއް ވެސް ކުރެއްވި އެވެ. އޭނާ މަގާމުން ވަކިކުރަން ސަރުކާރުން ސީޝެލްސްއަށް އެނގި އެންގުން ފިރާގު ސިފަކުރެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮސް ހުސްވެގެން ކުރި ކަމެއްގެ ގޮތުގަ އެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށް އޭނާ މަސައްކަތް ވެސް ކުރެއްވި ކަމަށް ފިރާގު ވިދާޅުވި އެވެ.