ތިން ދުވަހުގެ ދަތުރެއްގައި މުއިއްޒު ލ. އަތޮޅަށް

އަދަދު

20 އޮކްޓޯބަރު 2025 | ހޯމަ | 9:12

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުގައި މުއިއްޒު ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. އެ މަނިކުފާނާއި އެކު މި ދަތުރުގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ލ. އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށް ކަމަށްވާ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އަށް މުއިއްޒު މިފަހަރު ވަޑައިގަންނަވާނެ އެވެ.

މައުޟޫޢުތަށް