މާލޭގައި ބަނދަރުކުރުމަށްފަހު އެމެރިކާގެ ކަނޑުގެ ރިސާޗު އުޅަނދު އައްޑޫ ކައިރީ އެނބުރެނީ
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 1:45
މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އައިސް މާލޭގައި ބަނދަރުކުރި އެމެރިކާގެެ ރިސާޗް އުޅަނދު މާލެއިން ފުރައިގެން ގޮސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫނުކޮށް އައްޑޫ ސިޓީ ކައިރި އެނބުރެމެންދާކަން އެނގިއްޖެ އެވެ.
އެމެރިކާގެ އަމިއްލަ ކުންފުނި، ޕެސިފިކް ސާވާ ގްރޫޕުން ދުއްވާ އުޅަނދެއް ކަމަށްވާ "އޯޝަން ޓައިޓަން" މާލެ އައިސް ބަނދަރުކުރީ ސެޕްޓެމްބަރު 30، ގަ އެވެ. މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި މާލޭގައި ބަނދަރުކޮށްފައި އޮތުމަށްފަހު އޯޝަން ޓައިޓަން ފުރީ އޮކްޓޯބަރު 6، ގަ އެވެ.
ރާއްޖެ އައުމުގެ ކުރިން އެ ބޯޓުން ވަނީ ޓްރެކިންގެ ބައެއް ވަސީލަތްތައް ނިއްވާލާފަ އެވެ. އާންމު ޓްރެކިން ސައިޓުތަކުން އަދިވެސް ދައްކަނީ އެ ބޯޓު ރާއްޖެ އައުމުގެ ކުރިން މީގެ 52 ދުވަސް ކުރިން އޮސްޓްރޭލިއާ ކައިރި އޮތް ތަނެވެ.