އައިބީގެ ވިސްނުމަކީ ޓޫރިސްޓުންނަށް ރާ ވިއްކަން މަގުފަހިކުރަން ސަވާހިލި ފޭދޫއާ ވަކިކުރަން

އަދަދު

20 އޮކްޓޯބަރު 2025 | ހޯމަ | 10:55

އައްޑޫ ސިޓީ ފޭދޫ ކައިރީ އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ސަވާހިލީގައި ރާ ވިއްކަން މަގުފަހިކުރަން ފޭދޫއާ ވަކިކުރުމަކީ އޭނާ ގެންގުޅުއްވާ ވިސްނުމެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ފޭދޫގައި ވަކި ކައުންސިލެއް ހަދަން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އައިބީ ވަނީ ސަވާހިލި ފޭދޫގެ އިހުތިސޯސުން ވަކިކުރުމުގެ ފައިދާތައް ކިޔައިދެއްވާފަ އެވެ. މި ވާހަކަތައް ހިމެނޭ ލީކުވެފައިވާ އޯޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ.

އައިބީ ވިދާޅުވީ ޔޫރަޕްގެ ފަތުރުވެރިންގެ އުފާވެރި ދިރިއުޅުމަކީ ރާ ބޮއިގެން އެ މީހުން ބޭނުންވާ އެކަހަލަ ވަސީލަތްތައް އެތަނެއްގައި ހުރުން ކަމަށްވާއިރު، ޕްރައިވެޓް ތަނެއް ގޮތުގައި ސަވާހިލި ތަރައްގީކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ. އަދި ގާނޫނު ބުނާގޮތުން މީހުން އުޅޭ ތަންތަނުގައި ރަލެއް ނުވިއްކޭނެ ކަމަށާއި ސަވާހިލިއަކީ މި ވަގުތު ވަކިން އޮތް ތަނަކަށްވާތީ އެތަނުގައި އެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް