ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ދާރުލްއާސާރުގެ ބޭރުގައި ސަތަރު ދަމާފައި ހުރީ ކޮންބައެއްކަން ނަސީރު ވިދާޅެއް ނުވި
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 11:52
ގައުމީ ދާރުލްއާސާރުގެ ބޭރުގައި ހުންނަ ހިމާޔަތްކޮށްފައިވާ ރީތި ގަހަށް ގެއްލުންވާ ގޮތަށް އެ ސަރަހައްދުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮތީ ކޮންބައެއްކަން ވިދާޅުވާން ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރު ދެކޮޅު ހައްދަވައިފި އެވެ.
ދާރުލްއާސާރުގެ ބޭރުގައި އޮންނަ ހިއްތަން މައިޒާނުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮތީ ކޮންބައެއްތޯ މިއަދު މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މެންބަރުން ސުވާލު ކުރެއްވި އެވެ. އެހެންނަމަވެސް އެ ސުވާލުތަކުގެ ޖަވާބުގައި ނަސީރު ވިދާޅުވަމުން ގެންދެވީ އެއީ މިނިސްޓްރީން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
"ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް ކިހިނެއްތޯ އަޅުގަނޑު ޖެހޭނީ ބަލައިލަން، މި ވުޒާރާއިން އަދި ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް ނޫން، އަޅުގަނޑަށް ޔަގީން، އިނގޭތޯ؟ އެއީ ކަށަވަރު ކަމެއް،" އާދަމް ނަސީރު ވިދާޅުވި އެވެ.