އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ނަޝީދުގެ ހިޔާލު
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 2:49
އައްޑޫ ސިޓީއަށް އެންމެ މުހިންމީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރުން ކަމަށް ވިދާޅުވެ ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަތެއްގައި އެ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ސިޓިޒެންޝިޕް ދިނުމުގެ ހިޔާލު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގާނެ އެވެ.
އާންމު ވޯޓުގައި އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ. ހުޅުދޫ އާއީ މީދޫގެ ރައްޔިތުންނަށް ވަނީ ދެ ރަށް އެކުގައި އޮވެ ކައުންސިލެއް ނަގާނީތޯ، ނޫނީ ވަކިން އޮވެ ކައުންސިލެއް ނަގާނީތޯ އިހުތިޔާރުކުރަން ވެސް ފުރުސަތު ދީފަ އެވެ.