އަދާލާތު ޕާޓީން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފަށައިފިން: އިމްރާން
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 2:21
އަދާލަތު ޕާޓީން މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީ އިން މިއަދު މާގިރި ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އިން މިހާރު އެ މަސައްކަތް ފަށާފައި ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
" އަދާލަތު ޕާޓީ މިއޮތީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފަށާފަ. އަޅުގަނޑު ހިތުން, އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާ އެއްގޮތައް. އެއީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް. އެހެންވީމަ ޕާޓީގެ މަޝްްވަރާ މަޖިލީހުގެ ނިންމުމާ އެއްގޮތައް ޕާޓީގެ ހުރިހާ މެމްބަރުން ވެސް ކުރިއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.