އައްޑޫ ވޯޓު: ކިތަންމެ މަދު ބަޔަކު ވޯޓުލި ނަމަވެސް ގާނޫނު އޮތް ގޮތުން އަމަލުކުރަން ޖެހޭނީ ވޯޓު ދިން މީހުންގެ އަގުލަބިއްޔަތަށް!
އަދަދު
20 އޮކްޓޯބަރު 2025 | ހޯމަ | 3:09
ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކިތަންމެ މަދު ބަޔަކު ވޯޓުލާން ނުކުތަސް ވޯޓު ސައްހަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފި އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ވޯޓުގައި ބައިވެރިވުމަށް ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު ވޯޓުލާން ރީ-ރެޖިސްޓްރީ ކުރީ 255 މީހުންނެވެ.
އިންތިހާބަށް ތަރުހީބު ކުޑަވިޔަސް އީސީން އަމަލުކުރާނީ ގާނޫނުގައި އޮތް ގޮތަށް އެ ކޮމިޝަނުން މައުލޫމާތު ދެ އެވެ. ގާނޫނުގައި ވަކި އަދަދެއް ނޯންނަ ކަމަށާއި ވޯޓުލާން ނުކުމެ ވޯޓުލީ މީހުންގެ މެޖޯރިޓީ ލިބޭ ގޮތަކަށް އަމަލުކުރާނެ ކަމަށް އީސީން ބުނެ އެވެ.