ނެޝަނަލް ޑްރަގް އެޖެންސީ އިން ވަކިކޮށް ލުބްނާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި

އަދަދު

20 އޮކްޓޯބަރު 2025 | ހޯމަ | 8:18

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަދި އެ މިނިސްޓްރީގެ ފަރާތުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް ހުންނެވި ލުބްނާ މުހައްމަދު ޒާހިރު ހުސައިން އެތަނުން ވަކިކޮށް ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ލުބްނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ކުއްލިއަކަށް ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ.

ލުބްނާގެ ބަދަލުގައި އެންޑީއޭގެ ޗެއާމަންކަން ވަގުތީ ގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމްއާ ވަނީ އައްޔަންކޮށްފަ އެވެ.

މައުޟޫޢުތަށް