އައްޑޫ ވޯޓު: ސްޓޭންޑެއް ނެތް ކަމަށް ބުނެ ހެއްދެވީ ދޮގުކަން މުއިއްޒުގެ ވާހަކައިން ހާމަވެއްޖެ

އަދަދު

21 އޮކްޓޯބަރު 2025 | އަންގާރަ | 8:00

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން މި މަހު 25 ގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނެ ހެދީ ދޮގުކަން ރައިސް މުހައްމަދު މުއިއްޒުގެ ވާހަކައިން ރޭ ހާމަވެއްޖެ އެވެ.

ލ. އަތޮޅަށް ކުރައްވާ ދަތުރުގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ވަކި ކައުންސިލެއް އުފެއްދުމުން ރަށު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވަނީ އާންމު ވޯޓު ނަގާ އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އޮތުމުން ލިބޭނެ އަދަދުތައް ވެސް ވިދާޅުވެފަ އެވެ.

"ވަކި ކައުންސިލްތަކެއް އުފެދިއްޖެއްޔާ އެ ކައުންސިލަކަށް، ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ. ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓް. މިހާރަކު ވަކިންނެއް ފޭދޫއަކަށް ވަކި ބަޖެޓެއް ނޯވޭ. ހުޅުދޫއަކަށް، މީދޫއަކަށް ވަކި ބަޖެޓެއް ނޯވޭ،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް